ފުރިހަމަ ސެކިޔުރިޓީ އާއިއެކު މަސްތުވާތަކެތީގެ ޚިދުމަތް ދީ ވިޔަފާރިކުރަމުން އައި މ. ފެޝަންމީޑް ގެއިން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި 5 މީހުން ހައްޔަރުކުރީ އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ހައްޔަރުކުރި 5 މީހުންނަކީވެސް ދިވެހިން ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 11 ޕެކެޓް މަސްތުވާށ ތަކެއްޗާއި 4 ސެލޮފީންކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިގެއަކީވެސް ފުޅައުދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސާފައިވާ ގެއެއް ކަމަށެވެ. ދަގަނޑު ދޮރުލައި ސެކިޔުރިޓީ އަކުވެސް ބަހައްޓައިގެން މިކަންކަން ހިންގާ ގެއެއް ކަމަށެވެ. މީގެ އިތުރުން ފުލުހުންނަށް ނިޞްބަތްކޮށް ހަޑިހުތުރު ވާހަކަތައް ގޭގައި ލިޔެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
DED in iyye hingi operation ehgai masthuvaathaketchaai dhekolhah fuluhun kuraa masakkathah huras elhumuge gothun M.Fashionmead gai dhagandu dhoru harukoh guardun baithibbaa security balahattamun dhanikoh fuluhun vany mi ge raid koh masthuvaathaketchaai eku 5 meehun hayyaru kohfai pic.twitter.com/bQTc5i67sg
— Maldives Police (@PoliceMv) June 6, 2019