ރޭ 8.45 ހައިއިރު ގްރީން ޒޯން، 3 ނަމްބަރު ފާލަން ސަރަހައްދުގައި ހުރި ބަލި މީހަކު ފުލުހުން ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި މީހަކު ހުރިކަމުގެ މައުލޫމާތު ލިބިގެން ގޮސް ބެލިއިރު އެމީހާގެ ހުން ވަރަށް ގަދަކަމަށެވެ. އެހެންކަމުން އެ ހާލަތުގައި އޭނާ އެކަނި ދޫކޮށް ނުލައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ވައްދައި ޢާއިލާގެ މީހަކަށް ގުޅައިގެން ގެނެސް އެމީހާއާއިއެކު ފުލުހުންގެ ވެހިކަލެއްގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.