ރައްޔިތުންގެ މަޖިލިހުގައި މޯދީ ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން

ކިޔުމަށް ހޭދަވާނީ 1މ 1ސ
ރައްޔިތުންގެ މަޖިލިހުގައި މޯދީ ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން

އަވަށްޓެއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން ވިދާޅުވީ، މޯދީ މިއަދު ތަޤުރީރު ކުރައްވާނީ ހިންދީ ބަހުން ކަމަށް މަޖިލިހުގެ އިދާރާއިން އަންގާފައިވާ ކަމަށެވެ.

މީގެއިތުރުން މެމްބަރުން ވިދާޅުވީ، މޯދީ ތަޤުރީރު ކުރައްވާއިރު މަޖިލިހުގެ ތަޅުމުގައި ތިއްބަވާ މެމްބަރުންނަށް އެތަޤުރީރުގެ ދިވެހި ތަރުޖަމާ ގެނެސްދިނުމަށް މަޖިލިސް އިދާރާއިން ހަމަޖައްސަވާފައިވާ ކަމަށެވެ.

ނަރެންދްރަ މޯދީ ރާއްޖެ މިއަދު ރާއްޖެ ވަޑައިގަތުމަށްފަހު، މަޖިލިހުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ މިރޭ 18:45 ގައެވެ.

މޯދީގެ ތަޤުރީރު ޓީވީ ސްޓޭޝަންތަކުން މިރޭ ލައިވް ކުރާއިރު، ތަޤުރީރުގެ ދިވެހި ތަރުޖަމާ ޓީވީތަކުން ގެެނސް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

ނަރެންދްރަ މޯދީ އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާ، ބޭރު ޤައުމެއްގެ ދެވަނަ އިސްވެރިޔާއެވެ. މީގެ ކުރިން 2011 ވަނަ އަހަރު މިޝަރަފު ލިބިވަޑައިގެންފައިވަނީ އިންޑިއާ ގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގަށެވެ.

 

މިއަދު އޮންލައިން