އިންޑިއާ-ރާއްޖެ ފެރީ ނިޒާމް ގާއިމް ކުރުމުން ތަންދޮރު ނުދަންނަ މީހުން ރާއްޖެ އަތުވެދާނެ- އެމްޕީ ޝިޔާމް

ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންޑިއާ-ރާއްޖެ ފެރީ ނިޒާމް ގާއިމް ކުރުމުން ތަންދޮރު ނުދަންނަ މީހުން ރާއްޖެ އަތުވެދާނެ- އެމްޕީ ޝިޔާމް

އިންޑިއާގެ ކޮޗިން އާއި ދިވެހި ރާއްޖެއާއި ދެމެދު ފެރީގެ ނިޒާމުން ގުޅާލުމުން، ރައްޖެއަށް އިންޑިއާއިން "ޢިލްމެއް ނެތް" ތަންދޮރު ނުދަންނަ މީހުން އަންނަ މިންވަރު ގިނަވެދާނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

މިކަމާއި ގުޅޭގޮތުން ފޭސްބުކްގައި ޝިޔާމް ޖެހި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރުވެސް ރާއްޖޭގައި ބިދޭސިން ގިނަވެ މައްސަލައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖެއަށް އިންޑިއާއިން އަންނަ ޢިލްމެއް ނެތް މީހުންނާއި މަސައްކަތު މީހުންނާއި ބޮޑެތި މުޖުރިމުން އަންނާނެ ކަމަށެވެ. 

އެކަމުގެ ސަބަބުން އިންސާނުން ވަގަށް ނެގުމައި މަސްތުވާތަކެތި އެތެރެކުރަން އިތުރު ދޮރުތަކެއް ވެސް ހުޅުވިގެން ގޮސްފާނެކަމަށް މާނަ ދޭހަވާ ގޮތަށް ވެސް ޝިޔާމް ކޮންބޮޑުވުންފާޅު ކުރައްވާފައިވެއެވެ. 

"މިއެއްބަސްވުމަށްފަހު، އަޅުގަނޑުމެން ހިއުމަން ޓްރެފިކިންގެ ވާހަކައެއް، ޑްރަގް ޓްރެފިކިން ގެ ވާހަކައެއް އަދި ހިއުމަން ރައިޓްސްގެ ވާހަކައެއް ދައްކާނެ ކަމެއް ނެތް. މިއީ މިފަސްގަނޑުގައި އަވަށްޓެރި ބީރަށްޓެހި މުޖުތަމައެއް އުފަން ކުރަން ކޮށޭނެ އެންމެ ތަނަވަސް މަގު" ޝިޔާމް ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން