ރާއްޖެއަށާ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގަ މޯދީ އިންޑިއާއިން ފުރާވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރާއްޖެއަށާ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގަ މޯދީ އިންޑިއާއިން ފުރާވަޑައިގެންފި

ރާއްޖެއަށާއި ސްރީލަންކާއަށް ކުރއްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާއިން ފުރާވަޑައިގެންފިއެވެ. މަދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ ވެރިންނާއި ސިޔާސީ އިސް ބޭފުޅުންނާއި ބައްދަލުކުރައްވަވަން ވަނީ ހަމަޖެހިފައެވެ. 

ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ރާއްޖެއަށެވެ. ރާއްޖެއިން ވަނީ ބޮޑުވަޒީރު މޯދީއަށް މަރުޙަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި ސަލާމަތީ ގޮތުން ވެސް ވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.  

ރާއްޖެއަށް ފުރަތަމަ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރަކީ އިންދިރާގާނދީއެވެ. އެކަމަނާއަށް 1975 ވަނަ އަހަރު ރާއްޖެއިން މަރުޙަބާ ވިދާޅުވީ އެއިރުގެ ބޮޑުވަޒީރު އަޙްމަދު ޒަކީއެވެ. އެއަށްފަހު އެކަމަނާގެ ދަރިކަލުން ރަޖީވް ގާނދީވެސް ވަނީ ބޮޑުވަޒީރުކަމުގައި ހުންނަވައި ރާއްޖެ ވަޑައިގެންފައެވެ. 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަކީ އެ ދަރިފުޅުގެ ރަމްޒެއްގެ ގޮތުން ރަޖީވް ގާނދީ ރާއްޖެއަށް ދެއްވި ހަދިޔާއެކެވެ.

މިއަދު އޮންލައިން