ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ދެންމެއަކު ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖެ ވަޑައިގަތް މޯދީގެ ވަފުދާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަނިކުފާނު ވަޑައިގަތް ބޯޓު ޖެއްސީ 15:10 ގައެވެ.
މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގަތުމަށް މިދިއަ އަހަރު ވެސް ރާއްޖެ ޒިޔާރަތްކުރައްވައިފަ އެވެ.