ރާއްޖެ އާއި އިންޑިއާ ގެ ވަރުގަދަ ގުޅުމުގެ މުހިންމުކަން މި ދަތުރުފުޅުން ދައްކުވައިދޭ: މޯދީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖެ އާއި އިންޑިއާ ގެ ވަރުގަދަ ގުޅުމުގެ މުހިންމުކަން މި ދަތުރުފުޅުން ދައްކުވައިދޭ: މޯދީ

ރާއްޖެ އާއި އިންޑިއާ ގެ ވަރުގަދަ ގުޅުމުގެ މުހިންމުކަން މި ދަތުރުފުޅުން ދައްކުވައިދޭކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިއަދު މާލެޑަޑައިގެން ދިވެހިބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  މި ދަތުރުފުޅުން ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖެއާ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިއްމުކަން ކަމަށާއި އަދި ތަފާތު ރޮގުތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންވާ މިންވަރު ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ އަރިހުގައި، އިންޑިއާ ސަރުކާރުގެ އިސް ވެރިންގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމާއި ދެޤައުމުގެ މެދުގައި ބައެއް އެއްބަސްވުން ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. 

މިއަދު އޮންލައިން