ވައިގަދަވުމުގެ ސަބަބުން އިހަވަންދޫގައި ހުރި ބަނބުކެޔޮ ގަހެއް ވެއްޓި، ދިއްދޫގައި ހުރި ހަރުގެ އެއްގެ ފުރާޅު ވެސް ވެއްޓިއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
ވައިގަދަވުމުގެ ސަބަބުން އިހަވަންދޫގައި ހުރި ބަނބުކެޔޮ ގަހެއް ވެއްޓި، ދިއްދޫގައި ހުރި ހަރުގެ އެއްގެ ފުރާޅު ވެސް ވެއްޓިއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައި ކޮޅިގަނޑެއްގައި ވައި ގަދަވުމުގެ ސަބަބުން ހއ. އިހަވަންދޫެ ހުސް ގެވަޅެއްގައި ހުރި ބޮޑު ބަނބުކެޔޮ ގަހެއް ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެގަސް ވެއްޓިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ.

 

      

 

މީގެއިރުތުން ވައިގަދަވުމުގެ ސަބަބުން ހއ. ދިއްދޫ ކުނިގޮނޑު ސަރަހައްދުގައި ހުރި ހަރުގެއެއްގެ ފުރާޅު، އެހަރުގެ ކައިރީގައި ހުރި ލޯންޗެއްގެ މައްޗަށް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިދެހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން