ދައުލަތުގެ ބަޖެޓުން ޕީޕީއެމް ފިޔަވައި ތިން ޕާޓީއަކަށް ފައިސާ ދީފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދައުލަތުގެ ބަޖެޓުން ޕީޕީއެމް ފިޔަވައި ތިން ޕާޓީއަކަށް ފައިސާ ދީފި!

ދައުލަތުގެ ބަޖެޓުން ޕީޕީއެމް ފިޔަވައި ތިން ޕާޓީއަކަށް ފައިސާ ދީފިއެވެ. 

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވި ގޮތަށް ތިން ޕާޓީއަކަށް މި އަހަރުގެ ބަޖެޓުން 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.

ޕީޕީއެމަށް ފައިސާ ދޫކުރުމަށް އީސީން ފޮނުވާފައިނުވާކަމަށް ފިނޭންސް މިނިސްޓްރީިން ބުނެފައިވާއިރު އީސީން ބުނެފައިވަނީ އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފިނޭންސަށް ފޮނުވި އިރު، އެއްވެސް ޕާޓީއެއް އިސްތިސްނާކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

10000 މެމްބަރުން ހަމަވާ ޕާޓީތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައިވާއިރު މިއަހަރު ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީގެ އަދި އެމްޑީއޭ އަށެވެ.  

އެމްޑީޕީއަށް ދޫކޮށްފައިވަނީ 12،749،191.09ރ އެވެ. ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވަނީ 2،059،960.36 ރުފިޔާއެވެ. އަދި އެމްޑީއޭއަށް ދޫކޮށްފައިވަނީ 2،031،754.50 ރުފިޔާއެވެ. 

މިއަދު އޮންލައިން