މިއަދު ޔޫއެން ބިލްޑިންގ ކައިރިން ހުއްޓުވި މީހަކު ބަލައި ފާސްކުރުމުން ވަގަށް ނަގާފދައިވާކަމަށް ބެލެވޭ 4 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ބަލައިފާސްކުރީ މަގުމަތި ޕެޓްރޯލްކުރަމުންދިއަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތާއިމެދު ޝައްކުވެގެން މިއަދު މެންދުރު 2.20 ހައިއިރު ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ފޯނުތަކުގެ ތެރެއިން 3 ފޯނަކީ ޔޫއެން ބިލްޑިންގ ކައިރީ ގެއަކުން ފޯނުތަކެއް ވަގަށް ނެގިކަމަށް މިއަދު މެންދުރު 12.00 ހައިއިރު ރިޕޯޓްކޮށްފައިވާ މައްސލައަކާއި ގުޅޭ 3 ފޯނު ކަމަށެވެ.