ތިނަދޫން މަސްތުވާތަކެއްޗާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 26ސ
ތިނަދޫން މަސްތުވާތަކެއްޗާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

 ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ތިނަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބިދޭސީ  ފިރިހެނެކެވެ.

ޖޫން 10 ވަނަ ދުވަހުގެ 14:07 ހާއިރު ހިންގި މިއޮޕަރޭޝަނުގައި ތިނަދޫ މަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން