ގިނައަދަދެއްގެ މަސްތުވާތަކެއްތި ހުޅުމާލޭގެ ފްލެޓެއްކުން ހޯދައި މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
ގިނައަދަދެއްގެ މަސްތުވާތަކެއްތި ހުޅުމާލޭގެ ފްލެޓެއްކުން ހޯދައި މީހަކު ހައްޔަރުކޮށްފި

 ހުޅުމާލޭން ފްލެޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޖޫން 10 ވަނަ ދުވަހުގެ 01:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި މިމީހާ ހައްޔަރުކޮށް، ހުޅުމާލޭގައި މިމީހާ ދިރިއުޅޭ ފްލެޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިހުރި 32 ބުލެޓް ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިއަދު އޮންލައިން