ލ. ގަމުގެ ގެއެއްގައި އުމުރުން 40 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ އެގޭގައި ކުއްޔަށް ދީފައި ހުރި ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
އެމީހާގެ ހަށިގަނޑު މިހާރު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާތަނަށް ބެލި ބެލުމުގައި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން ބެލި ބެލުމުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އޭނާގެ ހަށިގަނޑު އޮތީ ހަރުވެފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
އެމީހާއަކީ ޗުއްޓީ އަށް ލ. އަތޮޅަށް ގޮސްފައިވާ މީހެކެވެ. އަދި މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.