ރައިސޫލްޖުމްހޫރިއްޔާ އުފެއްދެވި ދެ ކޮމިޝަނުގެ ބިލަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މަޖިލީހުން ފާސްކުރާ ބިލްތައް ފާސްކުރަން ޖެހޭނީ ޤާނޫނު އަސާސީ އާއި ތަޢާރަޟް ނުވާނެ ގޮތަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް އިޞްލާޙަށް ލޯބިކުރައްވާ އަދި އިޞްލާޙަށްޓަކައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ރައްޔިތުން ހެކިވާނެ ކަމަށެވެ. އިޞްލާޙަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އެއްބާރުލުން ވެސް ދެއްވަމުން ގެންދަވާނެ ކަމަށެވެ.
އެމަނިކުފާނުގެ ރިޔާސަތުގައި މިބިލް ފާސްނުކުރެވި ލަސްވި ސަބަބުތައްވެސް އެމަނިކުފާނު އިއްޔެ ވަނީ ހާމަކުރައްވައިފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުން:
އިއްޒަތްތެރި ރައީސް، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ތަކުރާރުކޮށް ޝުކުރު ދަންނަވައިލާނަން މަނިކުފާނު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އަޅުގަނޑާ މެދުގައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ފަށްފަށުން ޝުކުރު ދަންނަވައިލަން.
އާދެ! މި ހުށަހެޅިގެން އުޅޭ ބިލަކީ އަޅުގަނޑު ވެސް ތާއީދުކުރާ ބިލެއް. އަދި އަޅުގަނޑުމެން ޤައުމަށް ގެންނަންޖެހޭނެ ބިލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، އަޅުގަނޑު ރިޔާސަތުގައި އިންއިރު މި ބިލު ހުށަހެޅިގެން އައިއިރު، ޤާނޫނުއަސާސީއާ ތަޢާރަޟުވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ ބިލު އަނބުރާ އަޅުގަނޑުމެންނަށް މި ޖެހުނީ ކުޑަކޮށް މަޑުޖައްސައިލަން. ހަމައެއާއެކީގައި އެ މަޑުޖައްސައިލުން ނިމިގެންނުދަނީސް، އެކަމަށް ޙައްލެއް ނުހޯދެނީސް އަޅުގަނޑުމެންގެ އައު މަޖިލީހުގެ އިންތިޚާބު މެދުވެރިވެ، އެކަންތައްތަކާ ގުޅިގެން އެ ބިލު ފާސްނުކުރެވި މި އޮތީ.
އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެން ގެންނަންނުޖެހޭ ކަމެއް ކަމަށް، ނުވަތަ އަޅުގަނޑުމެން ގެންނަންނުޖެހޭ އިޞްލާޙެއް ކަމަކަށެއް. އަޅުގަނޑު ހަމަ ހެޔޮހިތުން ގަބޫލުކުރަން، މި ބިލަކީ އަޅުގަނޑުމެންގެ ތެރެއަށް އައިސް ، މި ބިލުގައިވާ ކަންތައްތައް، މި ބާ އެސޯސިއޭޝަން އުފެދިގެންދާންޖެހޭ ކަމެއް ކަމަށް.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަގައިމު ވެސް އަޅުގަނޑަކީ އިޞްލާޙަށް ލޯބިކުރާ މީހެއް ކަމަށް މަނިކުފާނު ގަބޫލުކުރައްވާނެ. އަދި މި ދިވެހިރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ގަ ބޫލުކުރާނެ ކަމަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ގަބޫލުކުރަން. އެހެންކަމުން، އަޅުގަނޑު ދަންނަވައިލާނީ މި ބިލުގައިވާ ކަންތައްތަކުގެ ތެރޭގައި ކޮމިޓީ ލެވެލްގައި ވެސް ބަހުސްކުރެވި ، ވާހަކަދެކެވި، އިޞްލާޙުތަކެއް ގެނެވި ، އޭރު ޤާނޫނުއަސާސީއާ ޚިލާފަށް ހުރި ބައެއް ކަންތައްތަކާ މެދުގައި ވެސް ވާހަކަދެކެވި، އެ ކަންތައްތައް ވެސް ފާހަގަކުރެވިފައިވާކަން އަޅުގަނޑުމެން ގަބޫލުކުރަން.
ޤާނޫނުއަސާސީއާ ޚިލާފަށް ގާނޫނެއް ނެހެދޭނެ. މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިއީ އެފަދަ ކަންތައްތަކެއް އޭގައި އެކުލެވިގެން ގޮސްފައި ހުރީމާ އެކަންތައްތައް ފާހަގަކުރެވިގެން އެ ކަންތައްތައް ކޮމިޓީ މަރުޙަލާގައި ގެންދެވުނީ. ވަރަށް އަވަހަށް އެ ކަންތައްތައް ކުރުމަށް؛ ވަރަށް ބޮޑު ބިލެއް ވަރަށް އަވަހަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ދެންމެއަކު އެ ފާހަގަކުރެއްވި އިއްޒަތްތެރި މެންބަރު ވެސް ވާހަކަފުޅުގައި ހަމަ ފާހަގަކުރެއްވި ފަދައިން، ދުސްތޫރީ އުސޫލުން ބަލާއިރު ވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް އޭގައި ނެތް ކަމަށެއް ނުބުނެވޭނެ އިނގޭތޯ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ކަމެއް ނިންމަން ބޭނުންވީމާ އެކަމެއް ނިންމިގެންދާނެ. އެއީ އަޅުގަނޑު ދަންނަވައިލަން ބޭނުންވި ވާހަކައަކީ. އެހެންވީމާ، އެ ސަބަބަށްޓަކައި ބައެއް އިއްޒަތްތެރި މެންބަރުން ދެ ބިލެއްގެ ވާހަކަ ތަކުރާރުކޮށް، ފަށްފަށުން އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން މިކަން ކުރަން ބޭނުންނުވެގެން އަދި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިބެންގެން ވެސް އެ ކަންކަން ނުކުރީ ކަމަށް އެހެން ދެކެވަޑައިގަންނަވާތީ، އަޅުގަނޑު މި ވާހަކަ މިހެން މި ދަންނަވާލީ. އެއްގޮތަކަށް ވެސް އެކަހަލަ އެއްވެސް ކަމެއް އޮވެގެން ނޫން ކަމާއި، ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެންނަކީ އަބަދުވެސް ތާއީދުކުރާ ، އަދި ޚާއްޞަކޮށް އަޅުގަނޑަކީ އެ ކަމަށްޓަކައި ފުރިހަމައަށް އިޖާބަދޭނެ މީހެއްކަން ހަމަ މަނިކުފާނަށާއި ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްދެމުން އަޅުގަނޑުގެ މި ވާހަކަތައް ދަންނަވާލަން ޖެހުނީ. އެހެންނޫންނަމަ، އަޅުގަނޑު އެއްގޮތަކަށް ވެސް އެ ވާހަކައަކަށް ނުދިޔައިމުސް.
ދެން މަޖިލީހަށް މެންބަރުން ވެދެވަޑައިނުގަންނަވައިގެން ވޯޓު ނުނެގުމަކީ، ގާނޫނީ އަދަދު ހަމަނުވެގެން ވޯޓުނުނެގުމަ ކީ އެއީ އަޅުގަނޑު ކުރާން އޮތް ކަމެއް ނޫން. އެހެންވީމާ، އެ ވާހަކަ ވެސް ހަމަ ދަންނަވާލަމުން އަޅުގަނޑު އިށީންނާނީ. ވަކި ފަރާތެއް ބަދުނާމުވާ ގޮތަށް، އަޅުގަނޑު އެކަކު އަނެކަކާ ދިމާއަށް އިނގިލިދިއްކުރަމުން ދައްކާ ވާހަކައަކީ އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި ޒަމާނީ ތަރައްޤީއާއި، އަދި ޤައުމެއްގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިއެރުމަށް ތަންދޭ ކަމެއް ނޫން ކަމަށް ދަންނަވަމުން، އެކަންކަމަކީ ޑިމޮކްރަސީއަށް ހުރި ހުރަހެއް ކަމަށް އަޅުގަނޑު ދަންނަވާލަމުން. އަދި އެކުވެރިކަމާއި އަޅުގަނޑުމެން އެއްބައިވަންތަކަމަށް އޮތް ހުރަހެއް ކަމަށް އަޅުގަނޑު ގަބޫލުކުރާތީ އެ ވާހަކަ ވެސް ދަންނަވާލަމުން އަޅުގަނޑު އިށީނދެލާނަން. އަޅުގަނޑަށް ދެއްވި ފުރުޞަތަށްޓަކައި ޝުކުރު ދަންނަވަން. އަދި ވެސް އެއް ފަހަރު ފުރަތަމަ ޖަލްސާގައި މަނިކުފާނު އަޅުގަނޑާ މެދުގައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަޅުގަނޑު ނިންމައިލާނ