ހެންވޭރު ނާދީ ގޯޅިތެރޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވެނު ފޯނެއް ގެއްލިފައިވަނިކޮށް، އެފޯނު ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ނާދީ ގޯޅިތެރޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ވަށިގަނޑުގައި ބޭއްވުނު އައު ފޯނެއް ގެއްލިފައިވާކަމަށްބުނެ ޖޫން މަހުގެ 11 ވަނަ ދުވަހުގެ 18:43 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެފޯނު ނެގި މީހާ ސީސީޓީވީ ފުޓޭޖްގެ އެހީގައި ހޯދައި، ފޯނު ވަނީ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
މި މައްސައަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.