ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 45ސ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް މީހަކު ހޯދަނީ

ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދަން ފަށައިފިއެވެ.

މިއަމުރާ ގުޅިގެން ހޯދަނީ ދ.ހުޅުދެލި، ކިނާރާ، މުޙައްމަދު އަޝްރަފް ( 38އ) އެވެ.

މުޙައްމަދު އަޝްރަފް ހޯދަނީ ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ މެޖިސްޓްރޭޓުގައި ދަޢުވާކުރާ މައްސަލައަކާއި ގުޅިގެން، ބަންދުގައި ބަހައްޓައިގެން ޖޫން 23 ވަނަ ދުވަހުގެ 11:00ށް ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ މެޖިސްޓްރޭޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މުޙައްމަދު އަޝްރަފްއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

 

މިއަދު އޮންލައިން