ކޮޅަށް ހުރެ ފެން ބުއިމަކީ ނާރުތަކަށް ބާރު ބޮޑުވެ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ޞިއްހަތަށް ވަރަށް ނުރައްކަތެރިކަމެއް ކަމަށް ސައިންސްގެ ހޯދުންތަކުން ހާމަވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ޙަކީމީ ބޭސްވެރިކަން ކުރިއަރުވަން ހޯދުންތައް ހޯދި ސައިންސްވެރިންގެ ޓީމަކުންނެވެ.
އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެން ބޯންޖެހޭނީ އިށީނދެ އިނދެގެން ކަމަށެވެ. އަދި ބޯފެނުގެ ފައިދާ ހަށިގަނޑަށް އެންމެ ރަނގަޅަށް ކުރާނީވެސް އިށީނދެ އިނދެގެން ފެންބުއިމުން ކަމަށެވެ.
"އެއް ފަހަރާ ފެންތަށި ހުސްކޮށްލުމުން ފެން އެތެރެވެގެންދަނީ ވަރަށް ބާރު ސްޕީޑެއްގަ. އެކަމުން ނާރުތަކަށް ވަރަށް ގިނަ ގެއްލުންތައް ލިބޭ. ފެންވެސް އެތެރެކުރަން ޖެހޭނީ ވައިވެސް އތެރެކުރާ ފަދައިން ލަސްލަހުން. އެއް ފަހަރާ ބާރު ސްޕީޑްގަ ފެން ބުއިމަކީ ހަށިގަނޑުގެ އޮކްސިޖަމް ލެވެލް މަދުވެގެންދާ ކަމެއް. އެކަމުގެ ސަބަބުން ހިތުގެ ހިނގުމަށާ ފުއްޕާމޭގެ މަސައްކަތަށް ގެއްލުން ލިބޭ. މީގެ އިތުރުން ކަށްޓަށްވެސް ގެއްލުން ލިބި ހުޅުހުޅުގަ ރިއްސުމުގެ މައްސަލަތައްވެސް ކުރިމަތިވޭ."
މިއަދުގެ ސައިންސްވެރިން މިމޭރުމުން ބުނާއިރު މީގެ 1450 ވަރަކަށް އަހަރުކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ މިކަންކަން ބަޔާންކޮށް ދެއްވަވައިފައެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގި އިތުރަށް ކަށަވަރުވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ޞައްޙަކަމެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ކޮޅަށް ހުރެ ފެން ނުބުއިމަށާއި އިށީނދެ އިނދެ ފެން ބުއިމަށާއި ލަސްލަހުން ފެން ބުއިމަށާއި އަދި 3 ނޭވާއިން ފެންތަށި ބުއިމަށް" ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.