ލަންކާ އާއެކުގައި ތިބިކަން އަނގައިދޭން ނައިބްރައީސް އާއެކު އެމްޑީޕީގެ އިސް ވަފުދެއް ލަންކާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ލަންކާ އާއެކުގައި ތިބިކަން އަނގައިދޭން ނައިބްރައީސް އާއެކު އެމްޑީޕީގެ އިސް ވަފުދެއް ލަންކާއަށް!

އެޕްރިލްމަހުގެ 21 ވަނަ ސްރީލަންކާގައި ދިން ޓަރަރިސްޓް ހަމަލާތަކާއި ގުޅިގެން އެޤައުމުގެ ރައްޔިތުންނާއިއެކުގައި ތިބިކަން އަނގައިދޭން ނައިބްރައީސް ފައިޞަލް ނަސީމް އާއިއެކު އެމްޑީޕީގެ އިސް ވަފުދެއް ލަންކާއަށް ފުރައިފިއެވެ.

އެމްޑީޕީއިން ބުނެފައިވަނީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުންނާއި ޤައުމީ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބައެއް މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ އިސް ބައެއް މެންބަރުން ވެސް ބައިވެރތިވެވަޑައިގަންނަވާ ކަމަށެވެ. 

ލަންކާގެ ބޮޑުވަޒީރު ދެއްވާ ޖާފަތެއްގައި މިރޭ ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއަދުނޫހަށް ވަނީ މައުލޫމާތުލިބިފައެވެ. އަދި ވަފުދުގެ ބޭފުޅުން ޓެރަރިސްޓް ހަމަލާ ދިން ހޮޓާތަކުގެ ތެރެއިން ސިނަމަން ގްރޭންޑްގައި ރޭ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

 

މިއަދު އޮންލައިން