ޒުވާނުންގެ ކިބައިގައި "ތަޙައްމަލް" ކުރުމުގެ ސިފަ ނެތްނަމަ ނަތީޖާ ޙާޞިލުކުރަން ދަތިތަކާ ކުރިމަތިލާން ޖެހޭނެ: ނައިބް ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޒުވާނުންގެ ކިބައިގައި "ތަޙައްމަލް" ކުރުމުގެ ސިފަ ނެތްނަމަ ނަތީޖާ ޙާޞިލުކުރަން ދަތިތަކާ ކުރިމަތިލާން ޖެހޭނެ: ނައިބް ރައީސް

ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ޒުވާނުންގެ ކިބައިގައި "ތަޙައްމަލް" ކުރުމުގެ ސިފަ ހުންނަންޖެހޭކަމަށާއި އަދި އެ ސިފަ ނެތްނަމަ ހޯދަން ބޭނުންވާ ނަތީޖާތަކާއި ހަމައަށް ވާޞިލްވުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅޫވެއްޖެއެވެ. 

ޔޫތު ލީޑާސް ފޯރަމް ހުޅުވުމަށް ރޭ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޤައުމުގެ ހިންގުމުގެ އެކި ދާއިރާތަކުގެ ވަޒީފާތަކަށް ބަލާއިރުވެސް އެ ވަޒީފާތަކުގައި ހިމެނޭ ޒުވާނުންގެ ޢަދަދު ގިނަކަމަށާއި އެއީ ޤައުމަށް ލިބޭ ފަޚުރެއްކަމަށެވެ. 

އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒުވާނުންގެ ކުރިއެރުމަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވައި، މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ކުރިން ހޭދަ ނުކުރާހާ ބޮޑު މިންވަރެއް މަތީ ތައުލީމަށް ހޭދަކުރައްވާކަން ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ޤައުމު ބޭނުންވާ ތަރައްޤީއާ ހަމައަށް ގެންދިއުމުގެ ފުރުޞަތު އޮތީ ޒުވާނުންނަށްކަން ފާހަގަކުރައްވައި، ޤައުމުގައި ހުރި ކަންކަން ހައްލުކުރުމުގަ އާއި ޤައުމު ތަރައްޤީކުރުމުގައި ޒުވާނުން އެކަތިގަނޑަކަށްވެ އެކުވެރިކަމާއެކު ކުރިޔަށް ދިއުމަށް ގޮވާލައްވަމުންނެވެ.

ޔޫތު ލީޑާސް ފޯރަމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ އިސްނެންގެވުމުގެ ދަށުން ސްކޫލު ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަވާ ފޯރަމެކެވެ.

މިއަދު އޮންލައިން