ފަސްދޮޅަސް ހަތަރު ސައިކަލާ 4 ފުރޮޅުލީ ދިހަ އުޅަނދު ނައްތާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފަސްދޮޅަސް ހަތަރު ސައިކަލާ 4 ފުރޮޅުލީ ދިހަ އުޅަނދު ނައްތާލައިފި

ފަސްދޮޅަސް ހަތަރު ސައިކަލާ 4 ފުރޮޅުލީ 10 އުޅަނދާއި 5 ބައިސްކަލް ނައްތާލައިފިއެވެ.

ފުލުހުން ބުނީ މީގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް ޕާކް ކޮށްފައިހުރި އުޅަނދުތަކާއި ޕާކްކުރުމަށްފަހު ނުނަގައި ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ހިމެނޭ ކަމަށެވެ. އަދި ވެހިކަލްތައް ނައްތާލަނީ އެކަން ކުރަން އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަމަށް ޤާނޫނީ ލަފާ ލިބިގެން ކަމަށެވެ.  

ފުލުހުން ބުނީ ކޮންމެ މަހަކުވެސް މިހައިކަންހާ ވަރުގެ އަދަދަކަށް އުޅަނދުތައް ނައްތައިލެވޭ ކަމަށެވެ.  

ފުލުހުން ބުނީ މަހެއްގެ މައްޗަށް 30 ކާރާއި 200 ވަރަކަށް ސައިކަލް ޓޯޔާޑަށް ގެންދެވޭ ކަމަށެވެ. "ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ގެނެވޭ ގިނަ އުޅަނދުތައް ވެރިފަރާތުން ގެންދޭ. މިއަހަރު ބޮޑަށް އަމާޒު މިކުރަނީ މަގުމަތީގައި ޕާކްކޮށްފައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުތަކަށް. އެގޮތުން ގެނެވޭ އުޅަނދުތަކުގެ 95 ޖެހެނީ ބަލައި ނަމުގެ ސަބަބުން ނައްތާލަން." ކަމަސްވެސް ފުލުހުން ބުނެފައިވެއެވެ.  

ގެންދަން ޖެހޭ އުޅަނދުތައް ގިނަވުމުގެ ސަބަބުން ޓޯޔާޑް އަބަދުވެސް ފުރިފައި ހުންނަކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

 

 

 

 

މިއަދު އޮންލައިން