ތިމަރަފުށިން މަސްތުވާތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ތިމަރަފުށިން މަސްތުވާތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފި

 ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު 18 އަހަރުން ދަށުގެ ކުއްޖަކާއި 18 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން ޖޫން 14 ވަނަ ދުވަހުގެ 14:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައިި ތިމަރަފުށީ އެއަރޕޯޓަށްދާ ސަރަޙައްދުންނެވެ.

މިއޮޕަރޭޝަނުގައި، އެއަރޕޯޓަށްދާ ސަރަޙައްދުގައި މިމީހުން ވަޅުލާފައިހުރި ތަކެތި ކޮންނަން ތިއްބާ ފުލުހުން އެސަރަޙައްދަށްގޮސް އެމީހުން ކޮންނަންތިބި ތަކެތި ނަގައި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ހުރި 21 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 18 އަހަރުން ދަށުގެ ކުއްޖާއަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު 18 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފަވެއެވެ.

މިއަދު އޮންލައިން