ނައިފަރުން ވަގަށްނަގާފަ ހުރި ފައިސާތަކެއް ހޯދައި މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
ނައިފަރުން ވަގަށްނަގާފަ ހުރި ފައިސާތަކެއް ހޯދައި  މީހަކު ހައްޔަރު ކޮށްފި

ޅ. ނައިފަރު ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅައިލައިގެން ވަގަށް ނަގާފަ ހުރި ފައިސާތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮއްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކުރީ ނައިފަރު ފިހާރައަކުން ވައްކަން ކޮށްފައިވާ ކަމަށްބުނެ މި ޖޫން މަހުގެ 12 ވަނަ ދުވަހުގެ 06:15 ހާއިރު ނައިފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖޫން މަހުގެ 12 ވަނަ ދުވަހުގެ 12:30 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، ވަގަށްނަގާފައިވާ 554 ޔޫ.އެސް ޑޮލަރާއި، 845 ދިވެހި ރުފިޔާއާއި 20 ޔޫރޯގެ އިތުރުން ވައްކަން ކުރުމަށް ބޭނުންކޮށްފައިވާކަމަށް ބެލެވޭ ބައެއް އާލަތްތައް އެގެއިން ފެނިފައިވެއެވެ.

 

 

މިއަދު އޮންލައިން