ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތް 1440 ގެ ނަތީޖާ ފައުޅުކޮށްފި

ކިޔުމަށް ހޭދަވާނީ 3މ 15ސ
ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތް 1440 ގެ ނަތީޖާ ފައުޅުކޮށްފި

 ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތް 1440 ގެ ނަތީޖާ ފައުޅުކޮށްފިއެވެ.

މިޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަ ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ބައްސަވާ ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި ރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކްޓިވް އޮފިސަރުންނާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި، މުބާރާތް ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކުގެ އިތުރުން މުބާރާތުގައި ފަނޑިޔާރުކަން ކުރެއްވި ފަޑިޔާރުންނާއި، މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ.

މި މުބާރާތުން ފަޚްރުވެރި އެއްވަނަ ޙާޞިލުކޮށްފައިވަނީ ތ.ތިމަރަފުށި، އުދަރެސް، މަރްޔަމް ސަމްރާ ސަރާޙް އެވެ. މުޅި މުބާރާތުން ދެވަނަ ޙާޞިލްކޮށްފައިވަނީ ނ.ހޮޅުދޫ، މެރީކޯނަރ، އާމިނަތު ޝިޒާ ޙުސައިން އެވެ. އަދި މުޅި މުބާރާތުން ތިން ވަނަ ޙާޞިލްކޮށްފައިވަނީ  ވ.ސެޓެލައިޓް، ޢާއިސަތު އާލާ ޙަސަން އެވެ.

 

މި މުބާރާތުގެ އުމުރުފުރާތަކުގެ ވަނަތަކަށް ބަލާއިރު،

13 އަހަރުން ދަށް (ބަލައިގެން ކިޔެވުމުގެ ގޮފިން)

1 ވަނަ: ކ.މާލެ / ވ.ސެޓެލައިޓް، ޢާއިސަތު އާލާ ޙަސަން

2 ވަނަ: އދ.ކުނބުރުދޫ / އަސްރަފީމަންޒިލް، ފާޠިމަތު ޢަޙްމަދު ޝިޔާމް

3 ވަނަ: ގދ.ތިނަދޫ / އާބާދުގެ، މަރްޔަމް ނަބީލާ ޙަސަން.

13 އަހަރުން ދަށް (ނުބަލާ ކިޔެވުމުގެ ގޮފިން)

1 ވަނަ: ގދ.ތިނަދޫ / ބްރޫމް، އާމިނަތު އަޒްކާ އަޒުހީމް

2 ވަނަ: ނ.ހޮޅުދޫ / އާރާމުގެ، ޔާސީން އިސްޙާޤް ޢަބްދުއްރަޙްމާން

3 ވަނަ: ހދ.ކުމުންދޫ / ފިނިފެންމާގެ، ފާޠިމަތު ޝިޔަމް ޢުމަރު

11 އަހަރުން ދަށް (ބަލައިގެން ކިޔެވުމުގެ ގޮފިން)

1 ވަނަ: ތ.ތިމަރަފުށި / އުދަރެސް، މަރްޔަމް ސަމްރާ ސަރާޙް

2 ވަނަ: ކ.މާލެ / ވ.ޖާރގަން، ޝާޝާ ބިންތު ޝިހާދު

3 ވަނަ: ކ.މާލެ / ވ.ޅަސަނދު، އަޙްމަދު ޒައިން މުޢުތަސިމް

11 އަހަރުން ދަށް (ނުބަލާ ކިޔެވުމުގެ ގޮފިން)

1 ވަނަ: ހދ.ވައިކަރަދޫ / އިރަމާގެ، މުޙައްމަދު މުއުމިން ޝަފީޤް

2 ވަނަ: ހއ.ބާރަށް / މީނާޒް، ޢާއިޝަތު އިވާނީ އިބްރާހިމް

3 ވަނަ: ގއ.ކޮލަމާފުށި / ސިލްވަރސީން، މަރްޔަމް ޖައިޝާ ޢަބްދުﷲ ނިޡާމް

09 އަހަރުން ދަށް (ބަލައިގެން ކިޔެވުމުގެ ގޮފިން)

1 ވަނަ: ކ.މާލެ / މއ.އަރިވަރު، މުޙައްމަދު ޔަޢިޝް އަރުޝަދު

2 ވަނަ: ކ.މާލެ / ވ.ރާމަނާ، ސާރާ ބިންތު ޢަދުނާން

3 ވަނަ: ކ.މާލެ / މއ.ނިއު ސްކައިވިލާ، އާމިނަތު ރީޝަލް އަޙްމަދު ޒާހިރު

09 އަހަރުން ދަށް (ނުބަލާ ކިޔެވުމުގެ ގޮފިން)

1 ވަނަ: ނ.ހޮޅުދޫ / މެރީކޯނަރ، އާމިނަތު ޝިޒާ ޙުސައިން

2 ވަނަ: ކ.މާލެ / ވ.ދެލްވައްތަ، މަރްޔަމް އިބާ މުޙައްމަދު ޝާފް

3 ވަނަ: އއ.ތޮއްޑޫ / އަންނާރުމާގެ، ޢާއިޝަތު މަޢާޝާ ބިންތު ރަމީޒް

މިދިޔަ މެއި މަހުގެ 21 ން 26 އަށް މި މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގައެވެ. ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 4 އުމުރުފުރައަކުން، ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން ޖުމްލަ 185 ކުދިން ވާދަކުރިއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.

މިމުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން  ބާއްވާ ޤުރުއާން މުބާރާތެކެވެ.

މިއަދު އޮންލައިން