ފައަށް ބަޑިޖެހުމުން ފައިބުރިކޮށްލަން ޖެހުނު ފަނަރަ އަހަރުގެ މަހްމޫދް ޞަލާޙް ޖަލުން ދޫކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ފައަށް ބަޑިޖެހުމުން ފައިބުރިކޮށްލަން ޖެހުނު ފަނަރަ އަހަރުގެ މަހްމޫދް ޞަލާޙް ޖަލުން ދޫކޮށްލައިފި

ފައަށް ބަޑިޖެހުމަށްފަހު ޔަހޫދިން ސިފައިން ޖަލުގަ ބަންދުކުރި 15 އަހަރުގެ މަހްމޫދް ޞަލާޙް ޖަލުން ދޫކޮށްލައިފިއެވެ. ޞަލާޙް ފަޔަށް ބަޑި ޖަހުމުން ލޭތައް ފައިބަމުންދިއައިރުވެސް ޑޮކްޓަރެއްގެ އެހީތެރިކަން ލިބުނަ ނުދީ 40 މިނިޓް ވަނަދެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ހިފަހައްޓައިފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އެއްފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. 

އދ އާއި އެމެރިކާއިން ރާއްޖެ އައިސް އިންސާނީ ޙައްޤުތައް ކިޔައިދިނުމުގެ ބަދަލުގައި އިޒްރޭލަށް ގޮސް ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ކިޔައިދިނުމުގެ މުހިންމުކަން މާބޮޑުކަން ފާހަގަކުރެވެއެވެ. 

ކުޑަކުއްޖެއް ބޮޑުމީހެއް، އަނހެނެއް މުސްކުޅިއެއް ބެލުމެއް ނެތި ޔަހޫދީ ސިފައިން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް މިފަދަ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދަނީ އދ ޢާއި އެމެރިކާގެ އެހީތެރިކަމުގައެވެ.

 

މިއަދު އޮންލައިން