ނޮޅިވަރަންފަރުގައި ހިންގި މަލްޓިމީޑިއާ އެންޑް ވެބްޑިޒައިނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ކިޔުމަށް ހޭދަވާނީ 1މ 30ސ
ނޮޅިވަރަންފަރުގައި ހިންގި މަލްޓިމީޑިއާ އެންޑް ވެބްޑިޒައިނިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގުޅިގެން ހދ.ނޮޅިވަރަންފަރުގައި ހިންގި މަލްޓިމީޑިއާ އެންޑް ވެބްޑިޒައިނިންގ ކޯސް ނިންމާލައިފިއެވެ.

މި ކޯސް ނިންމުމުގެ ގޮތުން ހދ.ނޮޅިވަރަންފަރު ސްކޫލުގައި މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލަތީފެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގައި ނޮޅިވަރަންފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ސްކޫލު ދަރިވަރުން އަދި އާންމު ރައްޔިތުންގެ ތެރެއިން ޖުމުލަ 176 ފަރާތެއް ބައިވެރިވި މިކޯސް، ފުރިހަމަ ކޮށްފައިވަނީ 150 ފަރާތެކެވެ. މީގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ 13 ފަރާތެއް ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 އަށް އެކްރެޑިޓްކުރެވިފައިވާ މި ކޯހުގައި ކިޔަވައިދެއްވީ މަލްޓިމީޑިއާ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށް، ކަމުގެ ޢިލްމާއި ހުނަރު ލިބިފައިވާ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.

އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް އެމްއެންޑީއެފް އޭރިއާތައް ޤާއިމްވެފައިވާ އަތޮޅުތަކާއި ރަށްތަކުގައިމަލްޓިމީޑިއާ ޕްރޮގްރާމްތައް ބާއްވާފައެވެއެ ޕްރޮގްރާމްތަކުގެ ސަބަބުން އެ ރަށްރަށުގެ ޕްލޭންތައްހެދުމުގައާއި، ރަށްރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީގޮތުން ހެޔޮ ބަދަލުތަކެއްއައިސްފައިވާކަން ފާހަގަކުރެވެއެވެ. އަދި ހުނަރުވެރި ރައްޔިތުންތަކެއް އުފެއްދުމުގައި ވެސް މިޕްރޮގްރާމްތަކުގެ ސަބަބުން ދަނީ އެހީތެރިކަން ފޯރުކޮށްދެވެމުންނެވެ.

މިއަދު އޮންލައިން