ކޯސްޓްގާޑުގެ ޣާޒީ އުޅަނދު މަރާމާތު ނުކުރެވޭތާ 3 އަހަރު، އިސްކަންދަރު އުޅަނދު މަރާމާތު ނުކުރެވޭތާ 7 އަހަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކޯސްޓްގާޑުގެ ޣާޒީ އުޅަނދު މަރާމާތު ނުކުރެވޭތާ 3 އަހަރު، އިސްކަންދަރު އުޅަނދު މަރާމާތު ނުކުރެވޭތާ 7 އަހަރު!

ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު ކަމަށްވާ ޣާޒީ އުޅަނދު މަރާމާތު ނުކުރެވޭތާ 3 އަހަރު ވެއްޖެ ކަމަށާއި އިސްކަންދަރު އުޅަނދު މަރާމާތު ނުކުރެވޭތާ 7 އަހަރު ވެފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

މިއަދު ބަނޑޭރިކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު އުޅަނދުތައް މަރާމާތު ނުކުރެވި ހުރުމުން ދޭން ޖެހޭ ޚިދުމަތް ދިނުމަށް ވަރަށް ބޮޑެތި ދަތިތައް ހުރި ކަމަށެވެ.

ޢަލީ ޒުހައިރު ވިދާޅުވީ އުޅަނދުތައް މަރާމާތު ނުކުރެވި ހުރުމުން ވަރަށް ގިނަ މައްސަލަތައް ދަނީ ކުރިމަތިވަމުން ކަމަށެވެ. އަދި އުންމީދަކީ ސިފައިންގެ 4 ސަރަހައްދުގައިވެސް ކޯސްޓްގާޑުގެ ޚިދުމަތް ފިރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

"މިހާރުވެސް 2 ރާޑަރު ސިސްޓަމް އެބަ ބޭނުންކުރެވޭ. ހުރިހާ ރާޑަރު ސިސްޓަމްތައް ބޭނުން ކުރެވެން ފެށުމުން ނެޓްވާކް ގުޅައިލެވި ގެއްލޭ އުޅަނދުތައް ހޯދަން ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ. އަދި ރާއްޖޭގެ ސްރަހައްދު ބަލަހައްޓަން ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ. ސަރަހައްދު ބަލަހައްޓަން އޮތް އެންމެ ފަސޭހަ ގޮތަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބެލެހެއްޓުން." ކަމަށްވެސް ބުނެފައި ވެއެވެ.

މިއަދު އޮންލައިން