ސިފައިންގެ ޚިދުމަތަށް ވަނުމުގެ ފުރުޞަތު މިހާރުވެސް އެބަ އޮތް ކަމަށާއި އިތުރު ފުރުޞަތަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ސިފައިންގެ ޚިދުމަތަށް ވަނުމުގެ ފުރުޞަތު ހުޅުވައިލަނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އެހެންކަމުން މިއީ ޒުވާނުންނަށް ދެވޭޜ ވަރަށް ރަނގަޅު ފުރުޞަތުތަކެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ވަޒީފާއަށް އެދެން މިހާރު މާލެއަށް އަންނަން ނުޖެހޭނެ ކަމަށާއި ސިފައިންގެ މަރުކަޒުތަކަށްވެސް ހުށަހެޅޭނެ ކަމަށެވެ. އަދި ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތައްވެސް މަރުކަޒުތަކުން ފުރިހަމަކުރެވޭނެ ކަމަށެވެ. ތަމްރީނަށް މާލެ އަންނަން ޖެހޭނީ އެމީހެއްގެ ވަޒީފާ ހަމަޖެހި ޔަޤީންކަން ލިބޭ ހިސާބުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ޕޮލިސް ރިޕޯޓް ހޯދަން ވެސް މަސައްކަތް ކުރަން ނުޖެހޭނެ ކަމަށާއި ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުން އެމީހެއްގެ ޕޮލިސް ރިޕޯޓް އެމްއެންޑީއެފުން ހޯދާނެ ކަމަށެވެ.