ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު ރާއްޖެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު ރާއްޖެ ވަޑައިގެންފި

 

އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެ ނިންމާލުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިމަހުގެ 3 އިން 8 ވަނަ ދުވަހުގެ ނިޔަލަށް، ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރ ދެއްވާފައިވެއެވެ. އަދި، މި ދަތުރުފުޅުގައި، އިންޑިއާގެ ސްޓާފް ކޮލެޖަށް ވެސް ވަޑައިގަންނަވާފަވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ސަފީޤާއި، އެމްއެންޑީއެފް ސެނެހިޔަ ހޮސްޕިޓަލުގެ ކޮމާންޑިންގ އޮފިސަރ، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ބައިވެރިވެވަޑައިގަންނަވާފަވެއެވެ.

މިއަދު އޮންލައިން