މިނިސްޓަރު އިމްރާން އިތުރުފުޅު ހައްދަވާނެކަމަށް ދެކިގެން ނުވާނެ: ރައިސް ނަޝީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިނިސްޓަރު އިމްރާން އިތުރުފުޅު ހައްދަވާނެކަމަށް ދެކިގެން ނުވާނެ: ރައިސް ނަޝީދު

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާނެކަމަށް ދެކިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެންވިދާޅުވެފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުގައި ހުންނެވިއިރު ލުތުފީ ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް ނޫން ކަމަށް އުމަރު ނަސީރު ވިދާޅުވި ކަމަށް މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވުމުން ކުރިން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި ތިން ކޮމިޝަނަރުން މިނިސްޓަރު އިމްރާން ހެއްދެވީ އިތުފުޅެއްކަމަށް ވިދާލުވެފައި ވާތީއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ އަބްދުﷲ ލުތުފީ މިރޭ ފުލުހުންގެ ބެލުމުގެ ދަށުގައި ރާއްޖެ ގެނެސްފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގަ ހޯމް މިނިސްޓަރ އިތުރުފުޅު ހައްދަވާނެކަމަށް ދެކިގެން ނުވާނެ ކަމަށާއި އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުން ގެ ދައުރު ނިމިދިޔައިރުވެސް ލުތުފީ ރާއްޖެ ގެނެވިފައި ވުވާކަމަށެވެ. އަދި ލުތުފީ ރާއްޖެ ގެނެވުނީ ރައީސް ސޯލިހުގެ ވެރިކަމުގައި، އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި އަދި ސީޕީ ހަމީދުގެ ކޮމިޝަނަރު ކަމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

 

އިމްރާން މަޖިލީސް ތަޅުމުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވިދާޅުވެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ. 

މިއަދު އޮންލައިން