އަތުލައި ގަނެވުނު ލަންކާގެ މަސްބޯޓުތަކުން މަސްވެރިކަން ކޮށްފައިވާކަން އެނގޭ: ކޯސްޓް ގާޑް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަތުލައި ގަނެވުނު ލަންކާގެ މަސްބޯޓުތަކުން މަސްވެރިކަން ކޮށްފައިވާކަން އެނގޭ: ކޯސްޓް ގާޑް

ރާއްޖޭގެ ކޯސްޓްގާޑުން އަތުލައިގަތް ސްރީލަންކާގެ 4 މަސްބޯޓު، ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކޮށްފައިވާކަން އެނގޭ ހެކިތައް ފެނިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ. 

ކޯސްޓްގާޑުން މިއަދު ބުނީ 2 ބޯޓުގައި މަސް ވެސް އެބަހުރި ކަމަށެވެ. އަދި މަސްވެރިކަން ކުރާ ސާމާނުވެސް އެބަހުރި ކަމަށާއި މަސްވެރިކަން ކުރި ކަމުގެ ޢަލާމާތްތައް ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި މައްސަލަ ތަހްޤީޤްކުރަން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

ބޯޓުފަހަރު އަތުލައިގެންފައިވަނީ އިންދިއާގެ ކޯސްޓްގާޑާއި ގުޅިގެން ހިންގި އޮޕަރެޝަނެއްގައެވެ. ފުލިދުއާ 140 މޭލު ބޭރުންނެވެ. އޮޕަރޭޝަން ހިންގީ މިމަހު 7 އިން 9 އަށެވެ. މަސްބޯޓުތައް ލޮކޭޓް ކުރެވުނީ އިންޑިއާ ކޯސްޓްގާޑުގެ ޑޯނިއަރ ސަރވޭލާންސް ފްލައިޓެއް ބޭނުންކޮށްގެންނެވެ.

މިއަދު އޮންލައިން