މިރޭ ހަނދުކޭތަ ހިފަނީ!

ކިޔުމަށް ހޭދަވާނީ 25ސ
މިރޭ ހަނދުކޭތަ ހިފަނީ!

ރާއްޖެއަށް ފެންނާނެހެން މިރޭ ހަނދުކޭތައެއް ހިފާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިހަނދުކޭތަ ހިފާނީ މިރޭ 23:43 ގައެވެ. އަދި ކޭތަ ވީއްލާނީ ފަތިހު 5:17 ގައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 2:30 ގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ކޭތައިގެ ދިގުމިނަކީ ފަސް ގަޑިއިރާއި 34 މިނެޓެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރަކަށް ވާތީ، މިރޭ ހިފާ ހަނދުކޭތަ ރީއްޗަށް ފެންނާނީ ވިލާ ބޯނޫންނަމައެވެ.

މިއަދު އޮންލައިން