ކ. ގުޅިފަޅު ކައިރީގަ އޮތް "ސާހިބާ" ނަމަކަށް ކަންނެލި ދޯންޏަކުން ނަގިއްޔެއް ނަގަން މޫދަށް ފޭބި ބަންގްލަދޭޝް މީހަކު، މޫދުން ނާރައިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އެބަގެންދެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެމީހާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ 8:50 ހާއިރު ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް މާލެ އޭރިއާ ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދާ ކަމަށެވެ.
މިހާދިސާ ހިނގިއިރު އެދޯނީގައި ތިބީ ޖުމްލަ ނުވަ މީހެކެވެ. އެއީ 8 ދިވެހިންނާއި 1 ބިދޭސީއެކެވެ. ގެއްލިފައިވަނީ އެބިދޭސީ މީހާއެވެ.