މިއަދު ހެނދުނު ކ. ގުޅީފަޅު ކައިރީގައި އިހާފައޮތް "ސާހިބާ" ނަމަކަށް ކިޔާ ކަންނެލި ދޯންނަކުން، ނަގިލި ނަގަން މޫދަށް ފޭބިގޮތަށް ނާރައިގެން، ހޯދަމުންދިޔަ ބަނގްލްދޭޝް މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމީހާގެ ހަށިގަނޑު ފެނިފައިވަނީ 21 މީޓަރު އަޑިން މިއަދު ހަވީރު 16:21 ހާއިރު ކަމަށެވެ.
އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނައުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
އެބިދޭސީމީހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:50 ހާއިރެވެ. އޭނާ ގެއްލުމުގެ ކުރިން އެދޯނީގައި ތިބީ 8 ދިވެހި ފަޅުވެރިންނާއި އެބިދޭސީމީހާއެވެ.
އެމްއެންޑީއެފް އިން ބުނީ އެބިދޭސީ މީހާގެ މަރު ޔަގީން ކުރާނީ، ހަށިގަނޑު މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ކަމަށެވެ.