ވައްޓަރު ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވަނީ

ކިޔުމަށް ހޭދަވާނީ 40ސ
ވައްޓަރު ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވަނީ

ވ. ވައްޓަރު ގެ ބޭރުން ދަތުރުކުރަމުން ދިޔަ ބޯޓެއް ދިޔަވަމުންދާތީ އެމްއެންޑީއެފް ކޯސްޓް ގާޑް ސްކޮޑްރޮން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު ކެޕްޓަމް އިބްރާހިމް އާޒިމް ވިދާޅުވީ، 14 މީހުންނާއެކު ދަތުރުކުރަމުން ދިޔަ "ނީލްވިލާ" ނަމަކަށްކިޔާ މިބޯޓު ދިޔަވާކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:52 ގައި ކަމަށެވެ.

މިބޯޓު ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ލ. އަތޮޅަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ބޯޓުން ފެން ހިންދުމަށާއި ދިޔަވުން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ސީޖީ ސިފައިން ދަނީ ޕަންޕު ބޭނުން ކުރަމުން ކަމަށާއި މިވަގުތު ސިފައިންތިބީ އެބޯޓުގައި ކަމަށް ވެސް ކެޕްޓަން އާޒިމް ވިދާޅުވެފައިވެއެވެ.

މިބޯޓު މިހާރު އޮތޫ މ. ދިއްގަރުގެ 5 މޭލު ބޭރުގައެވެ.

މިއަދު އޮންލައިން