ކޯސްޓްގާޑްގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އެމްއެންޑީއެފް ގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އެބޭފުޅާ ވަނީ ސިފައިންގެއަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.
ޖެނަރަލް ޒުހައިރަކީ ކޯސްޓްގާޑްގެ ކޮމަންޑަރުގެ އިތުރުން ސިފައިން ވެލްފައަރ ކޮމްޕެނީ (ސިވެކް)ގެ ޗެއަރމަންއެވެ.
ސިފައިންގެ ރިޓަޔަމަންޓް ގަވައިދުގައިވާ ގޮތުން ޝަރަފްވެރި ކަމާއެކު ވަޒީފާއިން ރިޓަޔާ ކުރެވޭނީ 20 އަހަރުގެ ހިދުމަތަށް ފަހުގައެވެ.