ހދ. ކުޅުދުއްފުށީ އުތުރު ބަނދަރުގައި އަޅާފައިއޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެެއް ހިންގައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ހދ. ކުޅުދުއްފުށި ފަޔަރ ސްޓޭޝަން މިއަދު 10:20 ހާއިރު ލިބުމާއި އެކު ފަޔަރ މަނުން ހަރަކާތްތެރިވެ ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 10:40 ހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ މި ލޯންޗުގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ލޯންޗުގައި ވެލްޑިންގ މަސައްކަތެއް ކުރުމުގެ ތެރޭގައި ލޯންޗުގެ އިންޖީނު ޕެޓްރޯލް ޓޭންކުގެ ހޮޅިއެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.