އެމްއެންޑީއެފް ރީސްޓްރަކްޗާ ކުރުމުގެ މައްސަކަތް ފަށާފައިވާ ކަމަށް ޗީފް ސްޕޯކްސްޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިޔާ މަންސޫރު ވިދާލުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަކަރިޔާ މަންސޫރު ވިދާޅުވީ ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި އެމްއެންޑީއެފް ރީސްޓްރަކްޗާ ކުރުމުގެ މައްސަކަތް ފަށާފައިވާ ކަމަށާއި އެކަމުގެ ތެރެއިން އެމްއެންޑީއެފްގެ ތިން ގިންތިއެއްގެ ސިފައިންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސިފައިންނަށް ޕްރޮމޯޝަން ދޭއިރު، އެންމެ ގާބިލް މީހުންނަކީ ކޮބައިތޯ ދެނެގަނެ، އަލަށް އުފައްދާ މަގާމުތަކަށް އެކަށީގެންވާ މީހުން ގެނައުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަލިފާން ނިއްވުމުގެ ހިދުމަތަކަކީ ސިފައިން ދެމުންގެންދާ ހިދުމަތަކަށް ވާއިރު، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާއި ގާތުން އަދި ވީހާވެސް އަވަހަކަށް ހިދުމަތް ފޯރުކޮށް ދިނުމުގެ އިންތިޒާމު އޮނިގަނޑަށް ގެންނަ ބަދަލުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ.