އއ.މޫފުށިން ސްނޯކްލިން އަށް ދިޔަ ފަތުރުވެރި ދެމަފިރިޔަކު ޙަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 11:19 ހާއިރުކަމަށް އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީއެވެ.
އެ ދެމަފިރިން ފޭބީ އެރަށު ފަޅުތެރެއަށް ކަމަށާއި މިހާރު އެމީހުން ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމެއް އެމީހުން ހޯދުމަށް އެފް، އައި، ސީ ވެލާނާ ލޯންޗުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިިއަދު އެމްއެންޑީއެފުން ވަނީ ރާއްޖޭގެެ ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް ވެސް އަންގާފައެވެ.