ރާއްޖޭގައި ވޮލީ ބޯޅަ ކުރިއަރުވަން އެމްއެންޑީއެފްގެ ސްޓާފް ސަރޖަންޓް އަޙްމަދު ޢަބްދުލްކަރީމްގެ ޚިދުމަތަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ތަޢްރީފް ކުރައްވައިފި އެވެ.
ޝަމާލް ވިދާޅުވީ އަޙްމަދު ޢަބްދުލްކަރީމް، ވޮލީ ބޯޅައަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރައްވާ ކަމަށެވެ. އަދި އެއީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ޚިދުމަތްތަކެއް ކަމަށެވެ. އަދި އޭނާ ވަނީ ގިނަ ބައަކަށް ކުރިއަށް ދާނެ މަގު ދައްކައިދީފައި ކަމަށެވެ.
ހަމަ އެއާއިއެކު އެމއެންދީއެފްގެ ޚިދުމަތުގައި ތިބެ ޤައުމަށް ތަފާތު ދާއިރާތަކުން ޚިދުމަތްކުރާ ސިފައިންގެ ބޭކަލުންގެ އަގު ވަޒަންކުރައްވާ ކަމަށްވެސް ޝަމާލް ވަނީ ވިދާޅުވެފައެވެ.
Congratulations to SSGT Ahmed Abdul Kareem for retiring after an outstandingly successful career representing the nation in volleyball.
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) August 13, 2019
You are a legend & an inspiration for those who follow your illustrious path. We are proud to have soldiers like you in MNDF.@MariyaDidi pic.twitter.com/9IqPaf3rzg