ކަނޑޫމާ ތިލަ އަށް ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ކަނޑޫމާ ތިލަ އަށް ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ!

ކަނޑޫމާ ތިލަ އަށް ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑީޔާ އޮފިޝަލް ވިދާޅުވީ "އޯކާ އެމްސެވަން އެސް" ނަމަކަށް ކިޔާ ސަފާރީއަކުން ކަނޑޫމާ ތިލަ އަށް ފީނަން ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައިވާ ކަމަށެވެ. 

މިފަތުރުވެރިޔާ ފީނަން ފޭބީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާއިއެކު ކަމަށާއި މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 1:10 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިމީހާ އަކީ ކޮން ގައުމެއްގެ ފަތުރުވެރިއެއްކަމެއް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ.

މިއަދު އޮންލައިން