އެއާޕޯޓްގަ ސިފައިންނާ ފުލުހުން ހަރަކާތްތެރިވީ ތަމްރީނަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އެއާޕޯޓްގަ ސިފައިންނާ ފުލުހުން ހަރަކާތްތެރިވީ ތަމްރީނަކަށް!

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސެކިޔުރިޓީ ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށް ސިފައިންނާއި ފުލުހުން ހަރަކާތެރިވީ ކުރިއަށް ގެންދާ ތަމްރީނެއްގައި ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ މި ތަމްރީނަކީ ސަލާމަތީ ބާރުތައް ގުޅިގެން ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދިއަ އެސެސްމަންޓް ތަމްރީނެއް ކަމަށެވެ. އަދި އެ ތަމްރީނު ކުރިއަށް ގެންދަނީ އެއްވެސް ޚާއްޞަކަމެއް ހިނގައިގެން ނޫން ކަމަށެވެ. 

މައުލޫމާތު ލިބޭ ގޮތުން މިރޭ 7.30 ހައިއިރުން ފެށިގެން ސެކިޔުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފައިވީނަމަވެސް އެއާޕޯޓްގެ އޮޕަރޭޝަންތައް އާދައިގެ މަތިން ކުރިއަށް އެބަގެންދެއެވެ. 

 

މިއަދު އޮންލައިން