ދިވެހި ސިފައިން "އެކްސަސައިޒް ފްލޭޝް މެޓަލް" ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ދިވެހި ސިފައިން "އެކްސަސައިޒް ފްލޭޝް މެޓަލް" ފަށައިފި

ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ.ކައްދޫގައި މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް ފްލޭޝް މެޓަލް" ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަރޒް ލ.ކައްދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވާފައެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައިވެއެވެ.

 

އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށްދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައެވެ. އަދި މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެއެވެ.

އޭގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން މި ތަމްރީނުތަކުގައި ހަރަކާތްތެރިވެއެވެ

މިއަދު އޮންލައިން