ތައިލެންޑަށާއި ސްރީލަންކާއަށް ޗީފް އޮފް ޑިފެންސް ފޯސް ފުރާވަޑައިގަންނަވައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ތައިލެންޑަށާއި ސްރީލަންކާއަށް  ޗީފް އޮފް ޑިފެންސް ފޯސް ފުރާވަޑައިގަންނަވައިފި

ތައިލެންޑަށާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާޢު ވިދާޅުވީ މެރިންކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނަލް ސަރވިސަސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ޙުސައިން ޢަލީއެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް، ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ން 28 އަށް ތައިލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށް އެމް އެން ޑީ އެފް އިން މަައުލޫމާތު ދިނެވެ.

މި ދަތުރުފުޅުގައި މިމަހު 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަވެއެވެ.

މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުގައެވެ.

މިއަދު އޮންލައިން