"ޗޮޑް" ކޮންފަރެންސްގައި، ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
"ޗޮޑް" ކޮންފަރެންސްގައި، ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގެންފި

ތައިލެންޑުގައި ކުރިއަށްދާ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް (ޗޮޑް) ކޮންފަރެންސް" ގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަންނަވައިފިއެވެ.ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިމަހުގެ 26 އިން 28 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި، ދުނިޔޭގެ 33 ޤައުމެއްގެ އަސްކަރިއްޔާއަށް ނިސްބަތްވާ ޗީފް އޮފް ޑިފެންސްގެ މަޤާމު ފުރުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގެ ހަވާސާގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިމަހުގެ 26 ވަނަ ދުވަހު އޮސްޓްރޭލިއަން ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، ޖެނެރަލް އެންގަސް ކޭމްޕްބެލްއާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަވެއެވެ. އަދި ސްރީލަންކާއަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ އެ ދަތުރުފުޅަކީ، މާދަމާ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ފެށުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުކެވެ.

ސްރީލަންކާގައި އޮންނަ މި ސެމިނަރ ކުރިއަށްދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ށެވެ.

މި ދަތުރަށްފަހު ޗީފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.

 

މިއަދު އޮންލައިން