ސަލާމަތްކަން ހޯދޭނީ ލައިފް ޖެކެޓަށް ބަލަން ތިބެގެން ދަތުރުކުރުމަކުން ނޫން- އަޅައިގެން ދަތުރުކުރުމުން!: އެމްއެންޑީއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސަލާމަތްކަން ހޯދޭނީ ލައިފް ޖެކެޓަށް ބަލަން ތިބެގެން ދަތުރުކުރުމަކުން ނޫން- އަޅައިގެން ދަތުރުކުރުމުން!: އެމްއެންޑީއެފް

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން ކިތަންމެ ކައިރީ ރަށަކަށް ދިއަ ނަމަވެސް ލައިފް ޖެކެޓް އަޅައިގެން ތިބެ ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

 

އެމްއެންޑީއެފުން ބުނީ ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހައިލި ލޯންޗުން ކަނޑުވި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އުޅަނދުގައި ލައިފް ޖެކެޓް ހުރި ނަމަވެސް ނުއަޅައި ތިބޭނަމަ އެއިގެ ފައިދާ ނުކުރާނެ ކަމަށެވެ.

 

ޓްރޏްސްޕޯޓް އޮތޯރިޓީގެ ޤަވާއިދުގައި އެކަން ޝަރުޠު ނުކުރާތީ ޢާންމުކޮށް ދަތުރުކުރަން ލައިފް ޖެކެޓެއް ނުއަޅައެވެ. ނަމަވެސް މަތީ ފެންވަރުގެ ބައެއް ރިސޯޓުތަކުން ދަތުރުކުރާނަމަ ލައިފް ޖެކެޓް އެޅުން މްނާކުރެއެވެ.

 

"އެމީހެއްގެ ފުރާނަ ސަލާމަތްކުރަން ކުރަން ޖެހޭ ކަމެއް ކުރަން ޖެހޭނީ ޤާނޫނަކުން އަމުރުކޮށް ސިފައިންނާއި ފުލުހުން ބިޑި ހިފައިގެން ދިއުމުން ބިޑިއަށް ބިރަކުން ނޫން. އަމިއްލަ ފުރާނައިގެ ރައްކައުތެރިކަމަށް އެމީހަކު ވިސްނައިގެން ފިޔަވަޅު އެޅީމާ މިއަދު އެ ހިނގި ފަދަ ކާރިސާތައް ކުރިމަތިނުވާނީ."

 

އެމްއެންޑީއެފުން މިއަދު ބުނީ މޫސުން އަދި ދައްކާގޮތުން މިހަފްތާގެ ގިނަ ދުވަސްތަކަކު ވިއްސާރަ ކޮށްފާނެ ކަމަށާއި އެހެންކަމުން އެންމެންވެސް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިއަދު އޮންލައިން