ޖޫސްޕެޓީ 2 ކޮތަޅު މަސްތުވާތަކެތި ހިފައިގެން ދިއަ އަންހެނަކު އަތުލައިގަންނަން ޓެކްސް ފައިސާއިން 6 ލައްކަ ރުފިޔާ ޚަރަދުކޮށްފި: ރައީސް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޖޫސްޕެޓީ 2 ކޮތަޅު މަސްތުވާތަކެތި ހިފައިގެން ދިއަ އަންހެނަކު އަތުލައިގަންނަން ޓެކްސް ފައިސާއިން 6 ލައްކަ ރުފިޔާ ޚަރަދުކޮށްފި: ރައީސް ނަޝީދު

ޖޫސްޕެޓީ 2 ކޮތަޅު މަސްތުވާތަކެތި ހިފައިގެން ދިއަ އަންހެނަކު އަތުލައިގަންނަން ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 6 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގައި ރައީސް ނަޝީދު އެ އޮޕަރޭޝަން ހިނަގާފައިވަނީވެސް މަހިބަދޫގައި ތިބޭ ފުލުހުންނާއި އަދި މާމިގިލީގައި ތިބޭ ފުލުހުން ގުޅިގެން ވަރަށް ބޮޑު އޮޕަރޭޝްނެއްގެ ގޮތުގައި ކަމަށެވެ. "އަޅުގަނޑަށް ހަމަ ޔަޤީން އެ އޮޕަރޭޝަން ހިންގަން ރައްޔިތުންގެ ޓެކްސް ފައިސާއިން 6 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާނެކަން."

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބާރުގަދަ މަސްތުވާ ތަކެތި ފެތުރީ ހިލޭ ބަހައި ހަދައިގެން 1994 ވަނަ އަހަރު ކަމަށާއި ބައަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި އެކަން ކުރުމުގެ ކުރިން ރާއްޖޭގައި ތިބި ފަތްބޯ މީހުންނާއި ފަތްވިއްކާ އެންމެން ހައްޔަރުވެސް ކުރިކަމަށެވެ.

ރާއްޖޭގެ ގިނަ ޢާއިލާތަކެއް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެ ދަރިންގެ މަންމަ އާއި ބައްޕަ އާއި ދެމީހުން އެކުގައި ޖަލުގައި އެބަތިބިކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން