މަޖިލީހުގެ ރައީސް ކޯފާވާތީ ޑީލަރުން ހައްޔަރުކުރުން ހުއްޓާލައިފިނަމަ ވަޒީފާއަށް ދާނެ ޒުވާނުން ތިބޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
މަޖިލީހުގެ ރައީސް ކޯފާވާތީ ޑީލަރުން ހައްޔަރުކުރުން ހުއްޓާލައިފިނަމަ ވަޒީފާއަށް ދާނެ ޒުވާނުން ތިބޭނެތޯ؟

"އިއްޔެ އަޅުގަނޑު ދެއްކި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފަ. އަޅުގަނޑުގެ ބަހުރުވަ ހުރި ގޮތުން އޮޅުނު އޮޅުމެއް ކަމަށް ވަނީނަމަ ވަރަށް ބޮޑަށް މާފަށް އެދެން. އަޅުގަނޑުގެ ނުކުތާއަކީ އެންމެންނަށް ސަރުކާރުން ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަކޮށްލުން.

އަދި ވަޒީފާ ހަމަޖެހެން ޖެހޭނީ ސިޔާސަތުތައް ހިނަގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަ ކުރުމަށް ދެންނެވި ނުކުތާއެއް." ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރައްވަވާފައިވާ މިޓްވީޓުން އެމަނިކުފާނުގެ ބަސްފުޅު ވަރަށް ސާފެވެ. އަދި ދެއްކެވި ވާހަކަފުޅުގެ މަޤްޞަދުވެސް އެވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ހަމަ އެކަނި މައްސަލަ އަކީ އައިސްލަންޑުގެ މިސާލު ޖައްސަވައި ސިވިލް ސަރވިސްގެ މުވައްޒިފުންގެ އަދަދު ހާމަކުރެއްވިއިރު އައިސްލޭންޑޫގައި ހުރި މިނިސްޓްރީ ތަކުގެ އަދަދާއި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒިފުންގެ އަދަދު ހާމަނުކުރެއްވުމެވެ. އެކަން ކުރެއްވިނަމަ ވަރަށް ފުރިހަމަވީހެވެ.

ވަޒީފާގެ ވާހަކަ ދެކެވޭއިރު މަސްތުވާތަކެތީގެ ދެ ޑީލަރުން އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ވާހަކަ ދެއްކެވި އިރު ރާގު ގެންގުޅުއްވިގޮތުން އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވިކަން ހާމަވާ ކަމަށާއި ދެއްކެވި ވާހަކަފުޅުން އެކަން އިތުރަށް ސާބިތުވާ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ދެ އަންހެނުން އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 600000 ރުފިޔާ ޚަރަދުކުރި ކަމަށް ވިދާޅުވި އިރު އެއީ ހަސަތޭކަ ހާސް ރުފިޔާއެވެ. މަހިބަދޫ އާއި މާގިލީގައި ތިބި ފުލުހުން އޮޕަރޭޝަނަށް 10 ދަތުރުކޮށް އެޅި ކޮންމެ ފިޔަވަޅަކަށް 1000 ރުފިޔާ ޚަރަދުވި ކަމަށް ބެލި ނަމަވެސް އެ އޮޕަރޭޝަނަސް 600000 ރުފިޔާ ހޭދަވާނެ ގޮތެއް ނުވިސްނޭކަމަށް ގިނަ ބައަކު ބުނާއިރު އަނެއް ބައަކު ބުނަނީ 6 މިލިއަން ރުފިޔާ ޚަރަދުކޮށްގެންވެސް ޖޫސްޕެޓީ ތޮތަޅުތަކުގައި މަސްތުވާތަކެތި އުފުލާ ޑީލަރުން އަތުލައިގަންނަން ޖެހޭ ކަމަށެވެ. އަދި އެއަސްވުރެ މަދުން އުފުލާ ޑީލަރުންވެސް އަތުލައިގަނެގެން ނޫނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން ފިލުވައި ނުލެވޭނެ ކަމަށެވެ.

އަދި ޖޫސް ޕެޓީ ކޮތަޅެއްގެ މަސްތުވާ ތަކެއްޗަކީ ރައީސް ނަޝީދަށް ވަރަށް ކުޑަކުޑަ އަދަކަށްވީނަމަވެސް، އެ ބޭނުން ކުރާ މީހުންނަށް އެއީ ވަރަށް ކުޑަކުޑަ އަދަދަކަށްވީނަމަވެސް އެކަމާއި ކަންބޮޑުވާ މީހުންނަށް އެއީ ވަރަށް ބައިވަރު ކަމަށެވެ.

ގިނަ ބައެއްގެ ކަންބޮޑުވުމަކީ 3 ރައީސް ކަމުގެ ޝަރަފު ލިބިވަޑައިގެން އަދި މިހާރުވެސް ދައުލަތުގެ އެންމެ މުހިންމު އެއް ބާރު ކަމުގައި މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި މަސްތުވާ ތަކެތީގެ ޑީލަރުން އަތުލައިގަތުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއިމެދު އެހައިވަރަށް ކޯފާވާތީ އެކަމަށް ބިރުން ފުލުހުން އެފަދަ އޮޕަރޭޝަންތައް ހިންގުން ހުއްޓާލައިފިނަމަ މަސްތުގެ ހާލަތުން ސަލާމަތްވެ ތިބެ ވަޒީފާ އަދާކުރާނެ ކިތައް ޒުވާނުން ރާއްޖޭގައި ތިބޭނެ ކަމާއިމެދުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބައެއް ދުވަސް ދުވަހު މިހާރުވެސް ފެންނަމުން އަންނަ ފަދަ މަންޒަރުތައް އޮފީސްތަކާއި ވަޒީފާ އަދާކުރާ ތަންތަނުން ނުފެންނާނެ ކަމާއިމެދުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރާނެ ކަމަށް ރައީސް ނަޝީދު ދެއްވި ޔަޤީންކަމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ގިނަ ބައަކު ބުނެއެވެ. ހަމަ އެއާއިއެކު ރާއްޖޭގައި ބާރު ގަދަ މަސްތުވާތަކެތި ހުއްޓުވަން މަރުޖުއާނާ ހުއްދަކޮށްފައި ބަނގުރާ ހުއްޓުވަން ބިއަރު ހުއްދަ ކޮށްފިނަމަ އެއީ ވަރަށް ބޮޑު މައްސަލައަކަށްވާނެ ކަމަށްވެސް ގިނަ ބައަކު ބުނެއެވެ.

މިއަދު އޮންލައިން