ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅު- ދޮގު!: އެމްއެންޑީއެފް / ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅު- ދޮގު!: އެމްއެންޑީއެފް / ފުލުހުން

އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާ ކަމަށާއި އަދި ފުލުހުން ފާރަލި ނަމަވެސް، ދައްކަން ޖެހޭ ވާހަކަތައް ހުއްޓަވައި ނުލައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތައް ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތީ މާރު އެމްއެންޑީއެފުން ދޮގުކޮށްފިއެވެ. އެމްއެންޑީއެފްގެ ބަޔާން:

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން، ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވާނެއެވެ.

އެބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދަމެވެ. އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެންނެވެ. މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް، އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. --ނިމުނީ

ފުލުހުން ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުތައް ދފޮގުކޮށް ހަމަ މިފަދަ މޭރުމަކުން ބަޔާން ނެރެފައެވެ.

ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަފުޅުގެ މަޤްޞަދު ކަމަށް ގިނަ ބައަކު ޤަބޫލުކުރަނީ ދީނީ މީހުން ކަމަށް ބުނާ ބައެއްގެ ވަރަށް ބޮޑު ނުރައްކަލެއް އެމަނިކުފާނަށް އެބަ އޮތްކަން ދެއްކެވުމެވެ.

 

މިއަދު އޮންލައިން