ސަމާލުވޭ! މޫސުން ގޯސް، ތޭރަ އަތޮޅަކަށް ޔެލޯ އެލާރޓް ވެސް ނެރެފި!

ކިޔުމަށް ހޭދަވާނީ 1މ 11ސ
ސަމާލުވޭ! މޫސުން ގޯސް، ތޭރަ އަތޮޅަކަށް ޔެލޯ އެލާރޓް ވެސް ނެރެފި!

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން 13 އަތޮޅަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ނޫނު އަތޮޅުން ފެށިގެން ލާމު އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނިގޮތުގައި މިސަރަޙައްދު ތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ލަފާ ކޮށްފައިވެއެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 11:00 އިން މެންދުރުފަހު 15:00 އާއި ހަމައަށެވެ.

 

ޔެލޯ އެލާޓް ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

 

· ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިވެހެ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.

· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާކުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.

. ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.

· ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.

· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.

މިއަދު އޮންލައިން