އުދަ އަރާފާނެކަމުގެ އެއްވެސް އިންޒާރެއް މިއަދަކު ނުނެރެން، ދައުރުވަމުންދަނީ ކުރީގެ އިއުލާނެއް: މެޓް އޮފީސް

ކިޔުމަށް ހޭދަވާނީ 53ސ
އުދަ އަރާފާނެކަމުގެ އެއްވެސް އިންޒާރެއް މިއަދަކު ނުނެރެން، ދައުރުވަމުންދަނީ ކުރީގެ އިއުލާނެއް: މެޓް އޮފީސް

މިހިނގާ ސެޕްޓެމްބަރ މަހުގެ 25 ން 30 އާއި ދެމެދު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާފާނެ ކަމަށް ބުނެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީހުން) އިންޒާރެއް މިއަދު ނެރުނު ކަމަށް ބުނަމުން     އަންނަ ވާހަކަ އެއިދާރާއިން ދޮގު ކޮށްފިއެވެ.

މިފަދަ އިންޒާރެއް ނެރިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓު ދޮގު ކުރައްވަމުން އެއިދާރާއިން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ބުނީ، އެފަދަ އެއްވެސް އިންޒާރެއް މެޓް އޮފީހުން މިއަދު ނުނެރޭ ކަމަށާއި ދައުރުވަމުން އަންނަނީ މީގެ ހަތަރު އަހަރު ކުރިން ކޮށްފައިވާ އިއުލާނެއް ކަމަށެވެ.

ހަލުވިކަމާއެކު ދައުރުވަމުން އަންނަ އިއުލާނުގައި ވެސް ތާރީޚް ލިޔެފައިވަނީ 2015 ވަނަ އަހަރުގެ 22 ސެޕްޓެމްބަރ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އޮޅިގެން ނުބައިކޮށް ތާރީޚް ލިޔެވިފައިވާ ކަމަށާއި އެއީ ހަމަ މެޓް އޮފީހުން މިއަދު ނެރުނު އިއުލާނެއް ކަމަށެވެ.

އުދަ އެރުމުގެ އެއްވެއް އިއުލާނެއް ނުނެރޭ ކަމަށް މޫސުމާއިބެހޭ އިދާރާއިން ބުނެފައިވާއިރު، އެފަދަ އިއުލާނެއް އެއިދާރާގެ ވައިބާރ ގްރޫޕުންނާއި ޓްވިޓާ އަދި ސައިޓުން ވެސް ފެނިފައެއް ނުވެއެވެ.

މިއަދު އޮންލައިން